ހަލުވިކަމާއި އެކު ފެތުރެމުންދާ އެޗް1އެން1 ޖެހިގެން އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ.
މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ދުވަހަށް މިކަން ކަށަވަރު ކޮށްދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހްމަދު މައުސޫމް ވިދާޅުވީ އެމީހާ މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާ ވިދާޅުވީ އެމީހާ މަރުވިކަން އެ ދުވަހު ހާމަ ނުކުރެވުނީ އެޗް1އެން1 އަށް ޓެސްޓުކޮށް ނަތީޖާ ނުލިބޭތީ ކަމަށެވެ.
މި މީހާ އާއި އެކު މި ބަލީގައި ޖުމްލަ ހަ މީހުން ވަނީ މަރުވެފައި އެވެ. އަދި 180 އަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައި އެވެ.
ހެލްތް މިނިސްޓްރީން ބުނީ އެޗް1އެން1 ފެތުރޭ މިންވަރު މިހާރު ކޮންޓްރޯލް ވަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް