ބަނގްލަދޭޝް ހައިކޮމިޝަނުން 24 ގަޑިއިރުގެ ހެލްޕްލައިނެއް ގާއިމް ކޮށްފި

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުން 24 ގަޑިއިރުގެ ހެލްޕްލައިނެއް ގާއިމް ކޮށްފި އެވެ. ބަ...

27 Mar 2015 | 18:51

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުން 24 ގަޑިއިރުގެ ހެލްޕްލައިނެއް ގާއިމް ކޮށްފި އެވެ.

ބަންގްލަދޭޝް ހައި ކޮމިޝަނުން ބުނެފައިވަނީ 3320859 މި ނަމްބަރަށް 24 ގަޑިއިރު ގުޅޭނެ ކަމަށާއި ބަންގްލަދޭޝް އެއްވެސް ރައްޔިތަކަށް ނުރައްކާތެރި ކަމެއް ދިމާވެއްޖެ ނަމަ ހައިކޮމިޝަނުން ވަގުތުން އަމަލު ކުރަން ފަށާނެ ކަމަށެވެ.

ބަންގްލަދޭޝް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ހައިކޮމިޝަނުން ފިޔަވަޅުތަކެއް އަޅާފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ތޫނު އެއްޗަކުން ހަމަލާދީ ބަންގްލަދޭޝްގެ ރައްޔިތަކު މަރާލާފައި ވެ އެވެ. އަދި ޖެހިގެން އައި ދުވަހު އއ ތޮއްޑޫގައި ބަންގްލަދޭޝްގެ ރައްޔިތަކު މަރުވެފައި ވެ އެވެ. އަދި ޖެހިޖެހިގެން ތިން ރޭ ބަންގްލަދޭޝްގެ ހަތަރު ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް