ސޯޝަލް މީޑީއާގައި "ފުލުހުންގެ ފޮޓޯ" އާންމުކުރާ ފަރާތްތަކަށް ފުލުހުންގެ އިންޒާރެއް

ފުލުހުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ފޮޓޯ އާންމު ކުރާ ފަރާތްތަކަށް ފުލުހުން އިންޒާރެއް ދީފި އެވެ. ދެންމެ ފުލުހުން އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ފ...

27 Mar 2015 | 18:35

ފުލުހުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ފޮޓޯ އާންމު ކުރާ ފަރާތްތަކަށް ފުލުހުން އިންޒާރެއް ދީފި އެވެ.

ދެންމެ ފުލުހުން އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ޤާނޫނީ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެގޮތުން ޤާނޫނީ ހަމަތަކުގެމަތިން ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު ނަފްރަތު އުފެއްދުމުގެ ގޮތުންނާއި ފުލުހުންނަށް ބިރުދެއްކުމުގެ މަޤްޞަދުގައި ވަކިވަކި ފުލުހުންގެ ފޮޓޯ ޖަހައި އެފަދަ ފޮޓޯތަކުގައި އިންޒާރުގެ ބަސްތައްލިޔެ ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރަމުން ގެންދިއުމަކީ އެއްވެސް ހާލެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން  ބަލައިގަންނާނޭކަމެއް ނޫން ކަމަށެވެ.

އަދި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތައް މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވެ ފުލުހުންނަށް އަދި އެއްވެސް ބަޔަކަށް ބިރުދެއްކުމުގެގޮތުން އެއްވެސް ޢަމަލެއް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށާއި އެފަދަ ޢަމަލްތައް ހިންގާ ފަރާތްތައް ހޯދައި ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންގެންދާނޭ ކަމަށް ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް