މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ އާލާތްތަކަކާއެކު ތިން މީހަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއްގެ އިތުރުން 23 އަހަރުގެ ފިރިހެނެއް ކަމަށެވ.
މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ދީދީ ގޯޅި ތެރޭގައި އެމީހުންގެ ޢަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން، މާލެތެރެ ހަރަކާތްތެރި ވަމުންދިޔަ މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކަމަށާއި އަދި މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ މި އާލާތްތައް ފެނިފައި ވަނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ތިބި ސަރަޙައްދު ބަލައިފާސްކުރިއިރު އެ ގޯޅިތެރޭގައި ރައްކާކޮށްފައި ވަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން އެ 03 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު 03 މީހުންވެސް ތިބީ މަސްތުގެ ޙާލަތުގައި ކަމަށެވެ. މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިރޭ 6:30 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް