ނާޒިމްގެ ބޭސްތަކާ ހަވާލުވާން ކަރެކްޝަންސް ސާވިސް އިން ދެކޮޅު ހަދާ: ވަކީލުން

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ރޭ އިއްވާފައިވާއިރު ނާޒިމްގެ ބޭސްތަކާ ހަވާލުވާން ކަރެކްޝަނަލް ސާވިސް އިން ދެކޮޅު ހަދާ ކަމަށް ނާޒިމްގެ ...

27 Mar 2015 | 10:16

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ރޭ އިއްވާފައިވާއިރު ނާޒިމްގެ ބޭސްތަކާ ހަވާލުވާން ކަރެކްޝަނަލް ސާވިސް އިން ދެކޮޅު ހަދާ ކަމަށް ނާޒިމްގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ވަކީލުންގެ ޓީމުން މިހެން ބުނެފައިވަނީ އެ ޓީމުގެ ޓްވިޓާ އެކައުންޓުން ދެންމެ ކުރި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ބުނެފައިވަނީ ނާޒިމްގެ ބޭސްތަކާ ކަރެކްޝަންސް އިން ހަވާލު ނުވަނީ އެ ބޭސްތަކުގެ "ޕްރިސްކްރިޕްޝަންސް" ނެތް ކަމަށްބުނެ ކަމަށެވެ. އަދި ނާޒިމްގެ ބޭސްފަރުވާގެ ހުރިހާ ލިޔެކިޔުމެއް ހުރީ ފުލުހުންގެ އަތުގައި ކަމަށް ވަކީލުންގެ ޓީމުން ބުނެފައި ވެ އެވެ. އަދި ކުރިއަށް ދެން އޮތީ ކޮންކަމެއް ކަމާމެދު ވަކީލުންގެ ޓީމުން ސުވާލު އުފައްދާފައި ވެ އެވެ.

https://twitter.com/nazimlegalteam/status/581396679389097984

ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާގައި ހުކުމް އިއްވުމަށް ރޭ ބޭއްވި ޝަރީއަތުގައި އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔަރުންގެ އިއްތިފާގުން ކަނޑައަޅާފައިވަނީ  އެ އެޕާޓްމަންޓުން ފެނުނު ހަތިޔާރަކީ ނާޒިމްގެ އެއްޗެހި ނޫންކަން ކޯޓުގައި އޭނާއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް