އިސްލާމިކް މިނިސްޓަރަށް ސެއިހް އިމްރާން ޝުކުރު ދަންނަވައިފި

އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާން އަބްދުﷲ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ޝުކުރު ދަންނަވައިފި އެވެ. މިނިސްޓަރަށް އިމްރާން ޝުކުރު އަދާކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގަ...

27 Mar 2015 | 09:27

އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާން އަބްދުﷲ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ޝުކުރު ދަންނަވައިފި އެވެ.

މިނިސްޓަރަށް އިމްރާން ޝުކުރު އަދާކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ "ދެމަސް ދުވަސް ވަންދެން، އަޅުގަނޑު ދައްކަމުން މިއައީ ހައްގު ހެޔޮ ވާހަކަތަކެއްކަން މިއަދުގެ ހުތުބާގައި ކަށަވަރު ކޮށްދެއްވީތީ ޑރ. ޝަހީމަށް ޝުކުރު ދަންނަވާ" ކަމަށެވެ.

https://twitter.com/ShImranAb/status/581373685883256832

މިއަދު ހުކުރު ހުތުބާގައި އަދުލު އިންސާފު ގާއިމް ކުރުމާމެދު ގިނަ ވާހަކަތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން އިސްލާމް ދީނުގައި ހެކި ބަސް ދިނުމަށް ގޮވާލާ ކަމަށާއި ޝަރީއަތުގެ މަޖިލީހުގައި ހައްގު ހޯދުމަށް ޓަކައި ލިބިގެންވާ އެންމެ މުހިއްމު އެއް ވަސީލަތަކީ ހެކި ބަސް ކަމަށް ހުކުރު ހުތުބާގައި ބުނެފައި ވެ އެވެ.

އަދި އަދުލުވެރި ޝަރުއީ ނިޒާމަކީ ގައުމު ނުރައްކާތެރި އާފާތްތަކުންނާއި ކާރިސާތަކުން ހިމާޔަތްކޮށްދޭ ބާރުގަދަ އަށްޑަނަ ކަމަށާއި އެއީ ގައުމު ކުރިއެރުވުމަށް ޓަކައި ބޭނުންވާ ހަކަތަ ވެސް ކަމަށް އަދި އެހެނީ އިޖުތިމާއީ ހަޔާތުގެ މައި ނާރަކީ އަދުލު އިންސާފާ މިނިވަންކަމާއި އިންސާނީ ކަރާމާތެވެ. އަދުލުވެރި ޝަރުއީ ނިޒާމެއް ނެތްނަމަ ތަނުގައި އޮންނާނީ ގަޑުބަޑު ކަމަށާއި ފެތުރިފައި އޮންނާނީ ބިރުވެރިކަމާ ނާމާން ކަން ކަމަށް ހުތުބާގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް