ފާއިތުވި ދެ ހުކުރެކޭ އެއްގޮތަށް މިއަދުގެ ހުކުރު ނަމާދަށްފަހުވެސް ރައީސް ނަޝީދަށް ހެޔޮ އެދި އެތައް ސަތޭކަ ބަޔަކު ދުއާ ކޮށްފި އެވެ.
އިސްލާމީ މަރުކަޒު ކުރިމަތީގައި މިއަދުގެ ދުއާ ކުރިއަށްދިޔަ އިރު އެ ސަރަހައްދުގައި ފުލުހުންވެސް ވަނީ ހަރަކާތްތެރި ވެފަ އެވެ. ނަމަވެސް ދުއާކޮށް ނިމުމާއެކު ފުލުހުންވަނީ ޖުމްހޫރީ މައިދާނަށް ދެވެން އޮންނަ މަގަށް ގޮސް އެ މަގު ބްލޮކްކޮށްފަ އެވެ.
ދުއާއަށްފަހު ބަޔަކު ފުލުހުންނާ ދިމާލަށް ދިޔަ ނަމަވެސް މާ ބޮޑު ހަމަނުޖެހުމެއް އެ ސަރަހައްދުގައި ހިނގާފައެއް ނުވެ އެވެ. ދުއާކޮށް ނިންމާލުމަށްފަހު 15 ވަރަކަށް މިނެޓް ތެރޭގައި އެ ސަރަހައްދު ދޫކޮށް މީހުން ވަނީ ގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް