ރިޝްވަތުގެ ނުބައި އަމަލުން ޝަރީއަތްތަތަކަށް ހުރަސް ނޭޅުމަށް ހުތުބާގައި ގޮވާލައިފި

ހެކި ވަންހަނާ ނުކުރުމަށާއި ރިޝްވަތުގެ ނުބައި އަމަލުން ޝަރީއަތްތަކަށް ހުރަސް ނޭޅުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ. މިއަދުގެ ހުކުރު ހުތުބާގައި އަދުލު އިންސާފަށް އިޝާރާތްކޮށް ގިނަ ވާހަކަތަ...

27 Mar 2015 | 09:06

ހެކި ވަންހަނާ ނުކުރުމަށާއި ރިޝްވަތުގެ ނުބައި އަމަލުން ޝަރީއަތްތަކަށް ހުރަސް ނޭޅުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަދުލު އިންސާފަށް އިޝާރާތްކޮށް ގިނަ ވާހަކަތަކެއް އެކުލަވާލާފައިވާއިރު އިސްލާމް ދީނުގައި ހެކި ބަސް ދިނުމަށް ގޮވާލާ ކަމަށާއި ޝަރީއަތުގެ މަޖިލީހުގައި ހައްގު ހޯދުމަށް ޓަކައި ލިބިގެންވާ އެންމެ މުހިއްމު އެއް ވަސީލަތަކީ ހެކި ބަސް ކަމަށް ހުކުރު ހުތުބާގައި ބުނެފައި ވެ އެވެ.

އަދި އަދުލުވެރި ޝަރުއީ ނިޒާމަކީ ގައުމު ނުރައްކާތެރި އާފާތްތަކުންނާއި ކާރިސާތަކުން ހިމާޔަތްކޮށްދޭ ބާރުގަދަ އަށްޑަނަ ކަމަށާއި އެއީ ގައުމު ކުރިއެރުވުމަށް ޓަކައި ބޭނުންވާ ހަކަތަ ވެސް ކަމަށް އަދި އެހެނީ އިޖުތިމާއީ ހަޔާތުގެ މައި ނާރަކީ އަދުލު އިންސާފާ މިނިވަންކަމާއި އިންސާނީ ކަރާމާތެވެ. އަދުލުވެރި ޝަރުއީ ނިޒާމެއް ނެތްނަމަ ތަނުގައި އޮންނާނީ ގަޑުބަޑު ކަމަށާއި ފެތުރިފައި އޮންނާނީ ބިރުވެރިކަމާ ނާމާން ކަން ކަމަށް ހުތުބާގައި ބުނެފައި ވެ އެވެ.

"އަދުލު އިންސާފަކީ ވެރިކަމެއްގެ އަސާސު، ގައުމެއްގެ ތަހުޒީބާއި ރަށްވެހިކަން އާރާސްތު ކުރެވޭނީ އަދުލު އިންސާފުން ކަމަށާއި އަދި ހަމަ އެއާ އެކު ގައުމެއްގެ ސުލުހަ މަސަލަސްކަން ގާއިމް ކުރެވޭނީ ވެސް އަދުލު އިންސާފު އެ ބިމެއްގައި ގާއިމް ވެގެން،އިސްލާމްދީނުގައި އަދުލު އިންސާފަކީ އެއަށް އެއްވެސް މީހަކު އެއްވެސް ގޮތަކަށް ހުރަސް އަޅަން މަސައްކަތް ކޮށްގެންވާނެ ކަމެއް ނޫން، ތިމާގެ ދުޝްމަނަކަށް ވިއަސް އަދި ތިމާ ނުދަންނަ މީހަކަށް ވީ ކަމުގައި ވިއަސް އިންސާފު ވެރިވާންޖެހޭނެ" ހުތުބާގައި ބުނެފައި ވެ އެވެ.

ގާޒީންނަށް ރިޝްވަތު ދީގެން ނުވަތަ ހަދިޔާ ބަދިޔާ ދީގެން އިންސާވެރި ނިޔާތައް އިއްވުމަށް ހުރަސް އަޅަން މަސައްކަތް ކުރުމަކީ އިސްލާމްދީން ހަރާމް ކުރާ ކަމެއް ކަމަށާއި ރިޝްވަތަކީ ވަރަށް ނުބައި ބައްޔެއް ކަމަށް ހުތުބާގައި ބުނެފައި ވެ އެވެ. އަދި އެއީ ވަބާއެއް ކަމަށާއި މި ވަބާގެ ސަބަބުން މުޖުތަމައުގެ އަމާންކަމާ ސުލްހަވެރިކަން ގެއްލި މުޖުތަމައުގައި ހަސަދަވެރިކަމާ ނީހަ ފެތުރިގެން ދާ ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް