ސަލްޓަން ޕާކު ކައިރީ ޕާކުކޮށްފައި އޮތް ދެ ކާރެއްގައި ރޯކޮށްލައިފި

ލިލީމަގު ސަލްޓަންޕާކު ކައިރީ ޕާކްކޮށްފައި އޮތް ދެ ކާރެއްގައި ރޯކޮށްލައިފި އެވެ. ރޯވެފައިވާ އަލިފާން ގަނޑު ނިވާލުމުގެ މަސައްކަތް އެމްއެންޑިއެފް ފަޔާ އެންޑް ރެސްކިއު އިން ކުރަމުންދާއިރު ތިން ވަނަ ކާރެއް...

26 Mar 2015 | 20:02

ލިލީމަގު ސަލްޓަންޕާކު ކައިރީ ޕާކްކޮށްފައި އޮތް ދެ ކާރެއްގައި ރޯކޮށްލައިފި އެވެ.

ރޯވެފައިވާ އަލިފާން ގަނޑު ނިވާލުމުގެ މަސައްކަތް އެމްއެންޑިއެފް ފަޔާ އެންޑް ރެސްކިއު އިން ކުރަމުންދާއިރު ތިން ވަނަ ކާރެއްގައިވެސް ހުޅު ހިފާފައިވާކަމަށް މައުލޫމާތު ލިބެ އެވެ. އެތަނުގައި ޕާކްކޮށްފައި އޮތް ވޭނެއް ފުލުހުން ދުރައްޖައްސާފައިވާއިރު މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.

ކާރުތަކުގައި ރޯކޮށްލާފައިވާ އަލިފާންގަނޑު ނިއްވާލާފައިވާއިރު އެ ދެކާރުވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ.

މިރޭ ދެ ކާރުގައި ރޯކޮށްލާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ވަނީ ގަސްދުގައި ބަޔަކު މާލޭގެ ދެ ސަރަހައްދެއްގައި ރޯކޮށްލާފަ އެވެ. އެރޭ ރޯކޮށްލާފައިވަނީ ނީލަން ފިހާރާގަ އާއި ޒުވާނުންގެ މަރުކަޒުގެ ބައެއްގައި އެވެ.

އޭގެ އިތުރުން އެރޭ ވަނީ ލިލީ ސްޓޯރުގެ ގުދަނެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ އެތަން ބޭނުން ނުކުރެވޭވަރަށް އަނދާފަ އެވެ. އެ ހާދިސާގައި ގުދަން ހުރި ސަރަހައްދުގެ ބައެއް ގޭގޭގައިވެސް ރޯވެފައިވާއިރު ބައެއް އާއިލާތައް ވަނީ ވަގުތީ ހިޔާ ގައި ދިރިއުޅެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް