ފުލެޓު ލިބިގަތުމަށް އުޒުރުވެރިވަން: ވަޒީރު ޙައިދަރު

ގެދޮރުވެރިޔާ ފުލެޓުން ފުލެޓް ލިބިފައިވީނަމަވެސް އެ ފުލެޓް ލިބިގަތުމަށް އުޒުރުވެރިވެލައްވާކަމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރި ކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ޙައިދަރު...

27 Feb 2025 | 18:03

ގެދޮރުވެރިޔާ ފުލެޓުން ފުލެޓް ލިބިފައިވީނަމަވެސް އެ ފުލެޓް ލިބިގަތުމަށް އުޒުރުވެރިވެލައްވާކަމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރި ކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޙައިދަރު މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ވަޒީރު ވިދާޅުވެފައިވަނީ މިއަދު އިޢުލާނުކުރި ފްލެޓް ލިސްޓްގައި ކޯއެޕްލިކެންޓަކަށްހުރެ، އަންހެނުން، މަރްޔަމް ތައުފީޤާއަށް ތިން ކޮޓަރީގެ ފްލެޓެއް ލިބޭކަމަށް ކަނޑައަޅާފައިވާކަމަށާއި ނަމަވެސް މިހާރު ހުންނެވި ހައިސިއްޔަތުގެގޮތުން، ފްލެޓް ލިބިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމުގައި ވިދާޅުވެފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ އެ ދެމަފިރިންނަށްވުރެ އެ ސްކީމުން ފްލެޓް ޙައްޤުވާ އެތައް އާޢިލާއެއް ތިބޭނެކަމުގައި ގަބޫލުފުޅު ކުރައްވާކަމަށވެ. އެހެންކަމުން އެ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ޠާއަތާއި އިޚްތިރާމާއެކު ދަންނަވާކަމުގައި ވަޒީރު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް