އިސްރާއީލު ޖަލުތަކުން ފަލަޞްޠީނުގެ 600 އަށްވުރެ ހައްޔަރީން މިނިވަންކޮށްފި

އިސްރާއީލުގެ ޖަލުތަކުން ފަލަޞްޠީނަށް ނިސްބަތްވާ 600 އަށްވުރެ ގިނަ ހައްޔަރީން މިނިވަންކޮށްފިއެވެ. 640 އަށްވުރެ ގިނަ ހައްޔަރީން މިނިވަންކޮށްފައިމިވަނީ 7 އޮކްޓޯބަރުގައި ހަމާސް އިން ރަހީނުކޮށް ޣައްޒާއަށް ...

27 Feb 2025 | 01:16

އިސްރާއީލުގެ ޖަލުތަކުން ފަލަޞްޠީނަށް ނިސްބަތްވާ 600 އަށްވުރެ ގިނަ ހައްޔަރީން މިނިވަންކޮށްފިއެވެ.

640 އަށްވުރެ ގިނަ ހައްޔަރީން މިނިވަންކޮށްފައިމިވަނީ 7 އޮކްޓޯބަރުގައި ހަމާސް އިން ރަހީނުކޮށް ޣައްޒާއަށް ގެންދިޔަ އިސްރާއީލުގެ ރައްޔިތުންގެ ތެރެއިން ހަތަރު މީހެއްގެ ފުރާނަ ނެތް މަސްގަނޑު އިސްރާއީލާއި ހަވާލު ކުރުމުންނެވެ. މި ބަދަލުކުރުން އައިސްފައިމިވަނި ހަމަލަތައް ހުއްޓާލުމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލި ފަލަޞްޠީނުގެ ރައްޔިތުން ރެޑް ކްރޮސްގެ އެހީތެރިކަމާއިއެކު މިހާރު ފަލަޞްޠީނަން ގެންދަން ފަށާފައިވާއިރު ބައެއް ފަރާތްތައް ވަނީ، ކެތްތެރި ކަމާއެކު އިންތިޒާރުގައި ތިބި އާޢިލާތަކާއި ހަމައަށް ފޯރާފައެވެ.

މިއީ އިސްރާއީލާއި ހަމާސް އިން ހަމަލަތައް ހުއްޓާލުމަށް ވި އެއްބަސްވުމުގެ ދަށުން އަސީރުންނާއި ހައްޔަރީން ބަދަލުކުރެވިގެންދިޔަ އަށްވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް