ބޮޑު ޢީދަށް މި އަހަރު ކަންބަޅި ބަކަރި ކަތި ނުލުމަށް މޮރޮކޯގެ ރަސްގެފާނު އެދިވަޑައިގެންފި

މި ހިނގާ 1446 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ކަންބަޅި ބަކަރި ކަތި ނުލުމަށް މޮރޮކޯގެ ރަސްގެފާނު އެ ޤައުމުގެ ރައްޔިތުން ކުރެން އެދިވަޑައިގެންފިއެވެ. މޮރޮކޯގެ ރަސްގެފާނު، ކިންގް މުޙައްމަދު VI މިފަދައިން އ...

27 Feb 2025 | 00:27

މި ހިނގާ 1446 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ކަންބަޅި ބަކަރި ކަތި ނުލުމަށް މޮރޮކޯގެ ރަސްގެފާނު އެ ޤައުމުގެ ރައްޔިތުން ކުރެން އެދިވަޑައިގެންފިއެވެ.

މޮރޮކޯގެ ރަސްގެފާނު، ކިންގް މުޙައްމަދު VI މިފަދައިން އިއްޔެ އެ ޤައުމުގެ ރައްޔިތުން ކުރެން އެދިލެއްވީ ފާއިތުވި އަހަރެއްހާ ދުވަހު ހަނަފަސްކަމުގެ ސަބަބުން އެ ޤައުމުގައި ކަންބަޅި ބަކަރީގެ އަދަދު އިންތިހާ ދަށަށް ގޮސްފައިވާތީއެވެ.

ކުރީ އަހަރާއި އަޅާ ބަލާއިރު ކަންބަޅި ބަކަރީގެ އާބާދީ 38 އިންސައްތަ ދަށްވެފައިވާނެކަމަށް މޮރޮކޯގެ ކަމާއިބެހޭ ފަރާތްތަކުން ލަފާކޮށްފައިވެއެވެ.

މޮރޮކޯ ރަސްގެފާނުގެ އަމުރުގައި ފާހަގަކުރައްވާފައިވަނީ ކަންބަޅި ބަކަރި މަދު އަހަރެއްގައި އުލްހިޔާ ކަތިލުމަށް ކަންބަޅި ބަކަރި ބޭނުންކުރަން ދިމާކޮށްފިނަމަ ކަންބަޅި ބަކަރީގެ އަގު އިންތިހާއަށް އުފުލި އެވްރެޖް އާމްދަނީއެއް ލިބޭ އާޢިލާތަކަށް އުލްހިޔާ ކަތިލުން ނުކުޅަދާނަކަމަކަށްވުން އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް