ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ މިސްކިތްތަކަށް މާޗުން ފެށިގެން ބިލް ކުރާނީ ޑޮމެސްޓިކު ރޭޓުން

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ މިސްކިތްތަކަށް މާޗުން ފެށިގެން ބިލް ކުރާނީ ޑޮމެސްޓިކު ރޭޓުން ކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ. އެމްޑީ މިހެން ވިދާޅުވީ މިއަދު ކ...

27 Feb 2024 | 10:32

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ މިސްކިތްތަކަށް މާޗުން ފެށިގެން ބިލް ކުރާނީ ޑޮމެސްޓިކު ރޭޓުން ކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އެމްޑީ ވިދާޅުވީ މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރުން ޑޮމެސްޓިކް ރޭޓަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ  ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވާކަމަށާއި އެމަނިކުފާނު ރޭ ކުޅުދުއްފުށި ސިޓީގައި އިޢުލާނުކުރެއްވި ފަދައިން ގްރޭޓަރ މާލެ ސަރަޙައްދާއި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ އެހެން ރަށްރަށުގައިވެސް ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.

މިއީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތައް ބާރުވެރި ކުރުމަށާއި، ކައުންސިލްތަކުން ކުރާ ޚަރަދު އިޤުތިޞާދުކޮށް ސިންދަފާތު ކުރެވޭނެ މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމުނު ފުރިހަމަ އަދި މުހިއްމު ނިންމުމެއް ކަމުގައިވެސް އެމްޑީ ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް