އެމްއާރްއެމް އިން 3000 ހަމަކޮށް އަނެއްކާވެސް އިލެކްޝަނަށް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އުފައްދަވާފައިވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން 3،000 މެންބަރުން ހަމަކޮށް އަނެއްކާވެސް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅައިފިއެ...

27 Feb 2023 | 16:29

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އުފައްދަވާފައިވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން 3،000 މެންބަރުން ހަމަކޮށް އަނެއްކާވެސް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅައިފިއެވެ.

އެމްއާރްއެމްއިން 3000 މެންބަރުން ހަމަކޮށްފައިވާ ކަން ހާމަކޮށްފައި މިވަނީ އަނެއްކާވެސް ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު ގާނޫނީ އަދަށްވުރެ ދަށަށް ގޮސްފައިވާކަން ހާމަކޮށް އީސީން ނޯޓިސް ދީފައި ވަނިކޮށެވެ.

މީގެ ކުރިންވެސް އެމްއާރުއެމްގެ މެމްބަރުންގެ އަދަދު 3،000 މެމްބަރުންނަށް ވުރެ ދަށަށް ގޮސް، އެޕާޓީއަށް ނޯޓިސް ދިނުމާއި ގުޅިގެން ވަނީ ޕާޓީއަށް 3،000 މެމްބަރުން ހަމަ ކޮށްފައެވެ.

ނަމަވެސް މި ފަހުން އަނެއްކާވެސް ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު ދަށަށް ގޮސްފައިވާކަން އެނގިފައި މިވަނީ އީސީން ފާއިތުވި އަންގާރަ ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުންނެވެ.

މިގޮތުން އީސީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ 31 ޑިސެމްބަރާއި ހަމައަށް އައިއިރު އެޕާޓީގެ މެމްބަރުންގެ އަދަދު އަނެއްކާވެސް، ސިޔާސީ ޕާޓީއެއް ހިންގުމަށް ބޭނުންވާ ގާނޫނީ އަދަދަށްވުރެ ދަށްވެ، 2،993 އަށް ވަނީ ވެއްޓިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް