ކިނބިދޫ އާއި މުންޑޫން ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރަނީ

ތ. ކިނބިދޫ އާއި ލ. މުންޑޫން ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރުމަށް އިއުލާނުކޮށްފި އެވެ. ކިނބިދޫން ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރާނެ ކަން ހާމަކޮށް ކިނބިދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގަ...

27 Feb 2023 | 15:53

ތ. ކިނބިދޫ އާއި ލ. މުންޑޫން ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރުމަށް އިއުލާނުކޮށްފި އެވެ.

ކިނބިދޫން ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރާނެ ކަން ހާމަކޮށް ކިނބިދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެރަށުގެ ހުޅަނގު ފަރާތު ބީޗު ފްރަންޓުން 10،000 އަކަފޫޓުގެ ހަތް ބިން ގެސްޓްހައުސްގެ ވިޔަފާރި ހިންގުމަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އަދި އެ ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭކަމަށް ކިނބިދޫ ކައުންސިލްގެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މުންޑޫ އިން ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރަން ހަމަޖެހިފައިވާ ކަން ހާމަކޮށް މުންޑޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެރަށުން ގެސްޓްހައުސް ހެދުމަށް ދޫކުރަނީ އެރަށުގެ އުތުރު ފަރާތުން 10،000 އަކަފޫޓުގެ ދެ ބިން ކަމަށެވެ.

މިގޮތުން އެ ބިންތައް ދޫކުރާނީ 35 އަހަރު ދުވަހުގެ މުއްދަތަށް ކަމަށްވެސް  މުންޑޫ ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެއެވެ.

ގެސްޓްހައުސް ވިޔަފާރިއަށް ކިނބިދޫއާއި މުންޑޫން ވެސް ބިން ދޫކުރަން ހަމަޖެހިފައިވާއިރު މި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ޑިޕޮސިޓްގެ ގޮތުގައި 5،000 ރުފިޔާ ދައްކަން ޖެހެއެވެ.

އަދި ބިޑް ފޮތުގެ އަގަކީ 3،000 ރުފިޔާއެވެ. ބިޑް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް