ހަތަރު ގައުމެއްގެ ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

ހަތަރު ގައުމަކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެ ސަފީރުންގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ. އެގޮތުން މިއަދު ފަތްކޮޅު އަރުވާފައިވަނީ ބެލްޖިއަމް ސަރުކާރ...

27 Feb 2023 | 14:37

ހަތަރު ގައުމަކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެ ސަފީރުންގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

އެގޮތުން މިއަދު ފަތްކޮޅު އަރުވާފައިވަނީ ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑިޑިއަރ ވެންޑަރހެސްލްޓް އާއި ސޫދާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޢަބްދުﷲ އުމަރު ބަޝީރު އަލްހުސައިން އާއި ސޭޝެލްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ކްލޯޑް މޮރެލްގެ އިތުރުން ސްވިޑެންގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖޭން ތެސްލެފް އެވެ.

މި ސަފީރުން ފަތްކޮޅު ރައީސަށް މިއަދު އަރުވާފައިވާއިރު މި މަހުގެ 19 ވަނަ ދުވަހު އަށް ގައުމެއްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެ ސަފީރުންގެ ފަތްކޮޅު ރައީސަށް އަރުވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް