ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަށް އަޕްގްރޭޑްކޮށްލައިގެން ކަސްޓަމަރުންނަށް މިހާރު އިތުރު ޑޭޓާ ލިބޭނެއެވެ.
މި އަޕްގްރޭޑާއެކު ދިރާގު ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންގެ އެންމެހާ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެ:
ޕޯސްޓްޕެއިޑް 550
މި ޕެކޭޖުން ކަސްޓަމަރުންނަށް ޖުމްލަ 20ޖީބީ ޑޭޓާ، ހިލޭ އެސް.އެމް.އެސް، ދިރާގުގެ ހުރިހާ ނަމްބަރަކަށް ހިލޭ ކޯލް އަދި އެހެނިހެން ލޯކަލް ނަންބަރުތަކަށް 1200 ހިލޭ ވޮއިސް މިނިޓް ލިބޭނެއެވެ. (ކުރިން މި ޕެކޭޖުގައި ހިމެނެނީ 10ޖީބީ ޓޯޓަލް ޑޭޓާ އަދި 300 ހިލޭ ވޮއިސް މިނިޓެވެ.)
ޕޯސްޓްޕެއިޑް 750
މި ޕެކޭޖުން ކަސްޓަމަރުންނަށް ޖުމްލަ 30ޖީބީ ޑޭޓާ، ހިލޭ އެސް.އެމް.އެސް އަދި ދިރާގާއި އެހެނިހެން ލޯކަލް ނަމްބަރުތަކަށްވެސް ހިލޭ ގުޅާލެވޭނެއެވެ. (ކުރިން މި ޕެކޭޖުގައި ހިމެނޭނީ ޖުމްލަ 15ޖީބީ ޑޭޓާއެވެ.)
ދާދި ފަހުން ދިރާގުން ވަނީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް 1000 އަދި ޕޯސްޓްޕެއިޑް 1700 ޕްލޭންތައްވެސް އަޕްގްރޭޑްކޮށްފައެވެ. މި ގެނެވުނު ބަދަލާއެކު މި ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، އެސް.އެމް.އެސް އަދި ދިރާގާއި އެހެނިހެން ލޯކަލް ނަމްބަރުތަކަށްވެސް ހިލޭ ގުޅާލެވޭނެއެވެ. (އިތުރު މަޢުލޫމާތު: )
އަޕްގްރޭޑްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެއެވެ.
ޕޯސްޓްޕެއިޑް ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް،
ދިރާގުން މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް