އިންޑިއާގައި ކުއްތާއެއް ރޭޕް ކުރުމަށް ފަހު ފިލި މީހަކު ހޯދަނީ

އިންޑިއާގެ ވެރިރަށް ދިއްލީގައި ކުއްތާއެއް ރޭޕް ކުރުމަށް ފަހު ފިލި މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ. މިކަމެއް ހިނގި ކަމަށްވަނީ ދިއްލީގެ ހަރީ ނަގަރު ސަރަހައްދުގައި އެވެ. އެމީހަކު ކުއްތާ ރޭޕް ކުރ...

27 Feb 2023 | 10:55

އިންޑިއާގެ ވެރިރަށް ދިއްލީގައި ކުއްތާއެއް ރޭޕް ކުރުމަށް ފަހު ފިލި މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަމެއް ހިނގި ކަމަށްވަނީ ދިއްލީގެ ހަރީ ނަގަރު ސަރަހައްދުގައި އެވެ.

އެމީހަކު ކުއްތާ ރޭޕް ކުރި ކަމަށްވަނީ ޕާކެއްގެ ތެރޭގައި އެވެ. އެކަން ހިނގިކަން އެނގުނީ ބަޔަކު އެ މަންޒަރު ވީޑިއޯ ކުރުމުންނެވެ.

އެމީހުން ވަނީ ވީޑިއޯ އިންޓަނެޓުގައި ލީކުކޮށްލާފައި އެވެ.

އެ މައްސަލަ ހަރީ ނަގަރު ފުލުހުން ބަލަން ފެށީ އާންމުން ހުށަހެޅި ޝަކުވާ އާއި ގުޅިގެން އާންމުވެގެން އުޅޭ ވީޑިއޯއަށް ބިނާކޮށެވެ. މިހާތަނަށް އެކަން ކުރި މީހާ ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭނާގެ މައްސަލަ ބަލަން ނިންމާފައިވަނީ ޖަނަވާރު ހިމާޔަތް ކުރުމުގެ ގާނޫނާއި އިންޑިއަން ޕީނަލް ކޯޑުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް