ކ. މާފުށި ކައިރިން އަލަށް ހިއްކި ބިމުން 314 ގޯތި ދޫކުރުމަށް ނިންމައިފި އެވެ.
މާފުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނީ އެ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓްގެ 308 ބަންޑާރަ ގޯތި ދޫކުރުމަށް އަމަލުކުރާނެ ގޮތެއް ކަނޑައަޅާފައި ވަނީ 26 ފެބްރުވަރީ 2023 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާއިން ކަމަށެވެ.
އަދި ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމުގެ އުސޫލު އެ ކައުންސިލުން މިއަދު އާންމުކޮށްފައި ވާއިރު މި ކޮމިޓީއަށް 11 މެމްބަރުން ހޮވާނެ ކަމަށް އެ ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެއެވެ.
މާފުށި ކައިރިން އަލަށް ހިއްކި ބިމުން މިމަހު ގޯތި ދޫކުރަން ފަށާނެ ކަމަށް އެ ރަށު ކައުންސިލުން ކުރިން ބުނެފައި ވެއެވެ.
މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓު ހައުސް ވިޔަފާރި ކުރަމުން އަންނަ އެއް ރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް