ޒިޔަދަމްގެ މަރުގެ ކުށް އެކަކަށް ސާބިތުވެ، ދެ ވަނަ މީހާ އުމުރަށް ޖަލަށް

ލ. މުންޑޫ ނޫވިލު އަލީ ޒިޔަދަމް މަރާލި މައްސަލައިގަ ދައުވާ އުފުލި ދެ މީހުންގެ ތެރެއިން އެކަކަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. އެ މައްސަލައިގަ ދައުވާ އުފުލީ ހީނާވިލާ މުހައްމ...

27 Feb 2023 | 08:29

ލ. މުންޑޫ ނޫވިލު އަލީ ޒިޔަދަމް މަރާލި މައްސަލައިގަ ދައުވާ އުފުލި ދެ މީހުންގެ ތެރެއިން އެކަކަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގަ ދައުވާ އުފުލީ ހީނާވިލާ މުހައްމަދު ޝަނޫނާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ. ދެ މީހުންގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގަ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދެ ދައުވާގެ ތެރެއިން ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުތުވަނީ ޝަނޫންގެ މައްޗަށް ކަމަށެވެ. ސިފާމްގެ މައްޗަށް ސާބިތުވަނީ ގަސްދުގައި މީހަކު މެރާލުމަށް އެހީތެރިވުމުގެ ދައުވާ ކަމަށެވެ.

ޒިޔަދަމްގެ ހުރިހާ ވާރިސުން އެދިފައިވަނީ އިސްލާމީ ޝަރީއަތުގައި ވާގޮތަށް މަރަށް މަރު ހިފުމަށް ކަމަށްވާތީ ގާޒީ އިސްމާއިލް ޝަފީއު ވަނީ ޝަނޫން މަރަން ހުކުމް ކޮށްފައި އެވެ. މީހަކު މަރަން އެހީތެރިވުމުގެ ކުށަކީ15 އަހަރާއި25 އަހަރާއި ދެމެދު ޖަލު ހުކުމަށް ވާތީ25 އަހަރުގެ ޖަލު ހުކުމް އިއްވީ އެވެ.

ޒިޔަދަމްގެ ވާރިސުންގެ ތެރޭގައި ބާލިޣު ނުވާ ކުޑަކުއްޖަކު ހިމެނެ އެވެ.

ޒިޔަދަމް މަރާލީ 2015 ވަނަ އަހަރުގެ މާޗް މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް