ރައްޔިތުންގެ މަޖިލިސްއިން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލައިފިއެވެ.
އެ ޕާޓީން ބުނެފައިވަނީ މި ފުރުސަތު މިއަދުން ފެށިގެން 2 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ 16:00 އަށް ވަނީ ހުޅުވާލެވިފައި ކަމަށެވެ.
"މިޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާކަން ހާމަކޮށްދޭ 100 މެންބަރުންގެ ތާއީދުފޯމާއިއެކު ތިރީގައިވާ ލިންކު ގައިވާފޯމް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ." އެމްޑީޕީން ބުނެފައިވެއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ. މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެލޭޝިއާގައި އެވެ.
އެ ދާއިރާގެ ބައި އިލެކްޝަން އޭޕްރީލް 15ގައި ބޭއްވުމަށް އިއްޔެ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް