ބުކިން ނުހަދާވެސް މިހާރު ކުޑަގިރިއަށް ދެވޭނެ

ދުރާލައި ބުކިން ނުހަދާވެސް ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. އެގޮތުން އައު ފެރީ ޝެޑިއުލެއް މިއަދު އާންމުކޮށްފައިވާއިރު "ފަސްޓް ކަމް ސާވް" ބޭސިސް އިން ފުރުސަތު ލިބޭނެ...

27 Feb 2023 | 07:30

ދުރާލައި ބުކިން ނުހަދާވެސް ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެގޮތުން އައު ފެރީ ޝެޑިއުލެއް މިއަދު އާންމުކޮށްފައިވާއިރު "ފަސްޓް ކަމް ސާވް" ބޭސިސް އިން ފުރުސަތު ލިބޭނެކަމުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އަށި ފަދަ ހިދުމަތްތައް ދުރާލާ ބުކިން ކުރަން ބޭނުންނަމަ އެ އިންތިޒާމު ހަމަޖެހިގެންދާނީ ކުޑަގިރި އެޕުންނެވެ.

https://twitter.com/KudagiriMv/status/1630084614508380165

މާލެ ސަރަހައްދުން ޕިކްނިކް ދިއުމަށް ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. ލޯންޗުން 15 މިނެޓުން ދެވޭ ކު ރަށުގައި ޕިކްނިކްގޮސް އުޅޭއިރު އެކި ހިދުމަތް ހޯދޭނެ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ.

ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ދިވެހިންނަށް ހިލޭ ދެވޭނެއެވެ. ބަންދު ނޫން ދުވަސްތަކުގައި ކުޑަގިރިއަސް އެރުމަށް 50 އަދި ފެރީއަށް 50 ރުފިޔާ ނަގާނެއެވެ. ދެ އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް އެއްވެސް ޗާޖެއް ނުކުރާނެއެވެ. މީގެ އިތުރުން ދެ އަހަރާއި 11 އަހަރުގެ ކުދިންނަށް ނަގަނީ 25 ރުފިޔާގެ ފީއެކެވެ.

ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް 13 ހަޓު ހުންނައިރު، ކުޑަ ހަޓެއްގެ އަގަކީ 500 ރުފިޔާއެވެ. ބޮޑު ހަޓެއްގެ އަގަކީ 1200 ރުފިޔާއެވެ. ހަޓުން ކަރަންޓާއި ކައްކާނެ އުނދުނާއި ގޭސް ލިބެން ހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް