އުރުދުންގައި ކުރިއަށްދާ މަޝްވަރާތަކަށް ފަހު އިސްރާއީލާއި ފަލަސްތީނުގެ އޮފިޝަލުން ވަނީ އިތުރުވަމުން އަންނަ އަނިޔާވެރިކަން ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ވައުދުވެފަ އެވެ.
އާދީއްތަ ދުވަހު ރަތް ކަނޑުގެ ރިސޯޓް އަޤަބާގައި ބޭއްވި ބައްދަލުވުން ނިމުނުއިރު އިސްރާއީލާއި ފަލަސްތީނުގެ އޮފިޝަލުން ވަނީ "އިތުރު އަނިޔާވެރިކަން" ހުއްޓުވުމަށް ގާތުން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.
އިސްރާއީލުން ވައުދުވީ "ހަތަރު މަސް ދުވަހުގެ މުއްދަތަށް އާ ސެޓްލްމަންޓް ޔުނިޓެއް ގާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމާއި ހަ މަސް ދުވަހުގެ މުއްދަތަށް އާ ސެޓްލްމަންޓް ޔުނިޓެއް ގާއިމް ކުރުމަށް ފާސްކުރުން ހުއްޓާލުމަށް" އެބަސްވެފައި ކަމަށް ޖޮއިންޓް ބަޔާނެއްގައިވެ އެވެ.
"ފުރިހަމަ އަދި ތެދުވެރި މަޝްވަރާތަކަށް ފަހު، ފަލަސްތީނާއި އިސްރާއީލުގެ ފަރާތުން ބިމުގައި ޑީ-އެސްކޭލޭޝަން އަށް ވައުދުވެ، އިތުރު އަނިޔާވެރިކަން ހުއްޓުވުމަށް ވައުދުވާކަން އަލުން ކަށަވަރުކޮށްދިން" ކަމަށް މި ބަޔާނުގައިވެއެވެ.
މި ޖޮއިންޓް ސްޓޭޓްމަންޓް ނެރެފައިވަނީ މާޗް މަހުގެ ފަހުކޮޅު ފެށޭ މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ކޮންމެސް ކަހަލަ ސުލްހައިގެ އެއްބަސްވުމަކަށް އައުމުގެ މަޤްސަދުގައި އެމެރިކާ، މިސްރާއި އުރުދުންގެ އޮފިޝަލުން ވެސް ބައިވެރިވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް