ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރައީސް ކަމާއިމެދު ސުވާލު އުފެދޭތީ ދުސްތޫރީ މައްސަލައެއް އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
މި މައްސަލަ އެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑުގެ އޮޕަރޭޝަނެއް ކުރައްވާތީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އާ ހަވާލު ކުރެއްވުމުން ހުވާކުރެއްވިއިރު ރައީސް ކަމުގެ ހުވާ ކުރައްވާފައިވާތީ އާއި އަދި އެއަށްފަހު ރައީސަކީ ފައިސަލް ކަމުގައި ގަބޫލުކުރެވޭތީ އާއި ފައިސަލަށް ރައީސް ސޯލިހު ނުފޫޒު ފޯރުވަނީ ކަމަށް ގަބޫލުކުރެވޭތީއެވެ. މި މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިގަތް ކަމުގައި ޕްރޮގްރެސިވް ކޯލީޝަނުން ބުނެފައިވެއެވެ.
ރައީސް ސޯލިހްގެ ތައިރޮއިޑް އޮޕަރޭޝަނެއް ކުރުމަށް ރައީސްކަމުގެ މަސްއޫލިއްޔަތުތައް ނައިބު ރައީސާ ހާވަލުކުރެއްވީ 25 ފެބްރުއަރީ 2022 ގެ ފަތިހުގެ ވަގުތެއްގައެވެ. ދެތިން ގަޑިއިރުގެ ތެރޭގައި ރައީސް ސޯލިހް ވަނީ އަލުން މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް