ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މަރުހޫމް އިބްރާހިމް ރިޒާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ޒުކޫތެއް ގެނެސްފި އެވެ.
ރިޒާ އަވަހާރަވީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެލޭޝިއާގައި އެވެ. ރިޒާގެ ޖަނާޒާ ބާއްވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ހެނދުނު އެވެ.
މަޖިލީހުގައި ސުކޫތު ގެނެސްފައިވަނީ މިއަދު މަޖިލީހުގެ ޖަލްސާ ފެށުމާއި އެކު އެވެ. މަރުހޫމް ރިޒާ އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޒާ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައި އެވެ
ރިޒާ މަޖިލީހުގެ މެމްބަރުކަން 14 އަހަރު ކުރައްވާފައި އެވެ އެވެ. ރިޒާ ތިން ދައުރުގައިވެސް ކުރައްވާފައިވަނީ ގުރައިދޫ ދާއިރާގެ މެމްބަރު ކަމެވެ.
އެންމެ ފުރަތަމަ މެމްބަރުކަން ކުރެއްވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2014 އިން 2019 އަށް މަސައްކަތް ކުރެއްވި އެވެ.
އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު އަވަހާރަވިއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާކީ ދައުރު ނިމެން އޮތީ އަހަރެއްހާ ދުވަހެވެ.
ރިޒާ އަވަހާރަވުމާއި ގުޅިގެން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން މިހާރު ވަނީ އިއުލާނު ކޮށްފައި އެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ބައި އިލެކްޝަން އޭޕްރިލް15 ގައި ބާއްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް