މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގައި ރައީސް މުހައްމަދު ނަޝީދު ނެތް ދުވަހަކުން އެ ޕާޓީ ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ރޭ ބޭއްވި ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާރުގައި ވާހަކަ ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ނަޝީދު އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި އެވެ.
ގާސިމް ވިދާޅުވީ ކުރިން ރައީސް ނަޝީދަށް ބައެއް ގޯސްތައް ހެއްދެވިފައިވީ ނަމަވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ތަޖުރިބާއާ އެކު ކަންކަން ރަނގަޅު ކުރައްވާފައިވާ ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށެވެ. އެގޮތަށް އެކި ކަންކަމާއި ގުޅޭގުން ގާސިމް ނަޝީދަށް ތައުރީފު ކުރެއްވި އެވެ.
ގާސިމް ވިދާޅުވީ އޭނާގެ ކުންފުނި ވިލާއަށް ވިލާކޮލެޖު ހިންގަން ބިން ދޫކޮށް، އެ ކޮލެޖު ކުރިއެރުވުމަށް ރައީސް ނަޝީދުގެ ސަރުކާޜުގައި މުހިންމު ފުުރުސަތުތަކެއް ދިން ކަމަށެވެ. އެކަން ކަމަށް ޝުކުރު އަދާ ކުރެއްވި އެވެ.
ގާސިމް ނަޝީދަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވަމުން ގެންދަވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ކުރައްވާ ނަމަ ނަޝީދު އޭނާއަށް ތާއީދު ކުރައްވާނެ އެވެ. ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް