ސްޕެނިޝް ލީގު: އަލްމޭރިއާ އިން ބާސެލޯނާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗުން އަލްމޭރިއާ މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި އަލްމޭރިއާ އަތުން ބާސާ ބަލިވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ. އަލްމޭރިއާގެ ފަރާތުން މި މެޗުގައި ފެނު...

27 Feb 2023 | 04:36

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗުން އަލްމޭރިއާ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އަލްމޭރިއާ އަތުން ބާސާ ބަލިވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

އަލްމޭރިއާގެ ފަރާތުން މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެޓީމުން ޖެހީ މެޗުގެ 24 ވަނަ މިނިޓްގައެވެ. މި ލަނޑު އަލްމޭރިއާއަށް ޖަހައިދިނީ އަލް ބިލާލް ޓޫރޭ އެވެ.

މި ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅެ ފުރުސަތުތައް ހޯދާފައިވަނީ އަލްމޭރިއާއިންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

ލީޑުގައި އޮވެ އަލްމޭރިއާއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެ ވަނަ ހާފަށް ކުޅެން އަރައި ބާސެލޯނާ އިން ކުރިއަށް ޖެހިގެން ނަތީޖާ ބަދަލުކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ވަނީ ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ލަނޑު ޖަހަން ބާސެލޯނާއަށް ހުސް ފުރުސަތުތަކެއް ވެސް ވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް ހިފޭގޮތެއް ނުވިއެވެ.

މި ނަތީޖާއާއި އެކު ވެސް ބާސެލޯނާ އޮތީ ލީގުގެ އެއްވަނާގައި ހަތް ޕޮއިންޓުގެ ލީޑަކާއި އެކުގައެވެ. އެޓީމު އެއްވަނާގައި އޮތީ ކުޅުނު 23 މެޗުން 59 ޕޮއިންޓް ލިބިގެންނެވެ. ބާސެލޯނާ ބަލިކުރި އަލްމޭރިއާ އޮތީ 23 މެޗުން 25 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް