ފްރެންޗް ލީގު: މެސީއާއި އެމްބާޕޭގެ ލަނޑުތަކުން މޮޅުވެ ތާވަލްގެ އެއްވަނާގައި ބޮޑު ލީޑެއް ޕީއެސްޖީން ނަގައިފި

ފްރެންޗް ލީގުގައި ރޭ އޮލިމްޕިކް މާސޭ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށް ތާވަލްގެ އެއްވަނާގައި އަށް ޕޮއިންޓުގެ ލީޑެއް ޕީއެސްޖީން ނަގައިފިއެވެ. މާސޭގެ ދަނޑުގައި ކުޅުނު މި މެޗު ޕީ...

27 Feb 2023 | 03:54

ފްރެންޗް ލީގުގައި ރޭ އޮލިމްޕިކް މާސޭ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށް ތާވަލްގެ އެއްވަނާގައި އަށް ޕޮއިންޓުގެ ލީޑެއް ޕީއެސްޖީން ނަގައިފިއެވެ.

މާސޭގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 0-3 އިން މާސޭގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޕީއެސްޖީން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ޖަހައިދިން ލަނޑުންނެވެ. އޭނާއަށް މި ލަނޑު ޖެހުމަށް އެހީތެރިވެ ދިނީ ލިއޮނެލް މެސީއެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 29 ވަނަ މިނެޓުގައި އެސީ ކާމިޔާބު ކޮށްދިން ލަނޑުނެވެ. މެސީ މި ޅަނޑު ޖެހީ އެމްބާޕޭގެ އެހީތެރިކަމާއި އެކުގައެވެ.

ޕީއެސްޖީގެ ފަހު ލަނޑު ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ޖެހީވެސް މެޗުގެ ފުރަތަމަ ލަނޑު ޕީއެސްޖީއަށް ޖަހައިދިން އެމްބާޕޭއެވެ. މި ލަނޑުވެސް އޭނާ ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މި މޮޅާއި އެކު ޕީއެސްޖީން ލީގުގެ އެއްވަނާގައި އޮތީ ކުޅުނު 25 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ދެވަނާގައި52 ޕޮއިންޓާއި އެކު އޮތީ މި މެޗުން ޕީއެސްޖީ އަތުން ބަލިވި މާސޭއެވެ. ތިންވަނާގައި އޮތޯ މޮނާކޯއެވެ. މޮނާއަށް ލިބެނީ50 ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް