ފިހާރައިގެ ތެރޭގައި ވަޅި ހަރައި ޒަހަމް ކޮށްލި މީހާ މަރުވެއްޖެ

މާފަންނު ބީޖީ ކައިރީގައި ހުންނަ ފިހާރައެއްގެ ތެރޭގައި ވަޅި ޖަހައި ޒަހަމްކޮށްލި މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ. ހެލްމެޓު އަޅައިގެން ތިބި ބަޔަކު ވަދެ އެ ހަމަލާ ދިނީ މިދިޔަ ހުކުރު ދުވަހު...

27 Feb 2023 | 03:37

މާފަންނު ބީޖީ ކައިރީގައި ހުންނަ ފިހާރައެއްގެ ތެރޭގައި ވަޅި ޖަހައި ޒަހަމްކޮށްލި މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ހެލްމެޓު އަޅައިގެން ތިބި ބަޔަކު ވަދެ އެ ހަމަލާ ދިނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެވެ. މި ހާދިސާގައި ޒަހަމްވީ30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މަރުވީ މިއަދު ހެނދުނު6:45 ހާއިރު ކަމަށެވެ. އޭނާ އެރޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދިނުމަށްފަހު އައިސީޔޫގައި އޮތީ ވެންޓިލޭޓަރުގައި އެވެ.

ފިހާރާ ތެރޭގައި އެމީހާ ހުއްޓަ ޒަހަމްކޮށްލީ ހަށިގަނޑުގެ އެތައް މިތަނަށް ވަޅި ހަަރައެވެ.

މި މައްސަލައިގަ ފުލުހުން ވަނީ ހަމަލާދިން އެކަކު ހައްޔަރުކޮށްފައި އެވެ.20 އަހަރުގެ އެމީހާގެ ބަންދަށް މިހާރު ވަނީ15 ދުވަސް ޖަހާފައި އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް