ރާއްޖޭގެ ބޮޑު ބަޔަކަށް ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ވަޔާއި ކަނޑު ގަދަވާނީ ހއ. ން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށެވެ. އެ ސަރަހައްދަށ...

27 Feb 2023 | 03:14

ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ވަޔާއި ކަނޑު ގަދަވާނީ ހއ. ން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށެވެ. އެ ސަރަހައްދަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ.

އެލާޓު ނެރެފައިވަނީ ހެނދުނު8:15 ން މެންދުރު ފަހު2:00 އަށެވެ.

މެޓުން ބުނީ އެވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި40 މޭލަށް ފައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މީގެ އިތުރުން ކަނޑުތައްވެސް ގަދަވާނެ އެވެ.

މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ. ހާއްސަކޮށް ދަތުރަށް ފަށާއިރު މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށް އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް