ސިންގަޕޫރު ދަތުރުފުޅަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގެންފި އެވެ. އެމަނިކުފާނުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި އެވެ. މި ދަތުރުފުޅަކީ ނުރަސމީ ދ...

27 Feb 2023 | 02:43

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގެންފި އެވެ.

އެމަނިކުފާނުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި އެވެ. މި ދަތުރުފުޅަކީ ނުރަސމީ ދަތުރުފުޅެކެވެ.

ސިންގަޕޫރަށް ކުރެއްވި މި ދަތުރުފުުގައި އެމަނިކުފާނު ފުރާވަޑައިގެންނެވީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައިވެސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.

ބެލެވޭ ގޮތުގައި މި ދަތުރުފުޅަކީ އެމަނިކުފާނު ސިއްހީ ފަރުވާއަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް