2018 ގައިވެސް މާލޭގެ އެ ސަރަހައްދަށް ވެލައެއް ޒިޔާރަތްކުރި

ސިނަމާލެ ބްރިޖް ކައިރިން އޮންނަ ތުނޑިކޮޅަށް ރޭ ދަންވަރު އެރި ވެލައެއް ފުލުހުން ބޭރުކޮށްލާފައިވާއިރު މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރުވެސް ހަމަ އެ ވައްތަރުގެ ވެލައެއް ހަމަ އެ ސަރަހައްދަށް އެރިކަ...

27 Feb 2022 | 17:30

ސިނަމާލެ ބްރިޖް ކައިރިން އޮންނަ ތުނޑިކޮޅަށް ރޭ ދަންވަރު އެރި ވެލައެއް ފުލުހުން ބޭރުކޮށްލާފައިވާއިރު މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރުވެސް ހަމަ އެ ވައްތަރުގެ ވެލައެއް ހަމަ އެ ސަރަހައްދަށް އެރިކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ އޭރު އެ ވެލާ އެރިތަން ވީޑިއޯކޮށް ޓްވީޓްކުރި މީހަކު އެ ޓްވީޓް އަލުން ޕޯސްޓް ކުރަމުން "ޝީ ކޭމް ބެކް" ކަމަށް ލިޔެ ޓްވިޓާއަށް ދޫކޮށްލުމުންނެވެ.

އެޑަމް ނަމަކަށް ކިޔާ މީހަކު 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ 11:03 ހާއިރު ޓްވީޓްކުރި އެ ވީޑިއޯއަށް އެހާ ބޮޑު ސަމާލުކަމެއް ލިބިފައެއް ނުވެއެވެ.

ދުވަހަށް މައުލޫމާތުދެމުން އެޑަމް ބުނީ އެ މަންޒަރު ފެނުނީ އެރޭ ހުޅުމާލެއިން މާލެއަށް އައި މަގުމަތީގައި ކަމަށާއި ފުރަތަމަ އެއީ ކޯއްޗެއްކަން ނޭނގޭތީ މަޑުކޮށްލީ ކަމަށާއި ފަހުން އެއީ ވެލައެއްކަން ޔަގީންވުމުން ވީޑިއޯ ކުރީ ކަމަށެވެ. އަދި ރޭ ދަންވަރު އެރި ވެލަޔާ އެ ވެލަޔާ ވަރަށް ވައްތަރު ކަމަށްވެސް އެޑަމް ބުނެފައިވެއެވެ.

https://twitter.com/aadhamshakir/status/1052621194321526784

މާލޭގެ އެ ސަރަހައްދަށް ދެ ފަހަރަށް ވެލާ އަރާފައިވާއިރު، ރޭ ދަންވަރު އެރި ވެލަޔާމެދު ފުލުހުން ކަންތައްކުރި ގޮތުން ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ފުލުހުންނަށް ފާޑުކިޔަމުންނެވެ. ފުލުހުން ވަނީ ވެލާ އެ ވަޅުގައި އޮއްވާ އަތުލަފިކޮށްގެން ވަޅުން ނަގާ އެ ސަރަހައްދުން ވެލާ ފޮނުވާލާފައެވެ.

https://twitter.com/dhuvasmv/status/1497867889130541062

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް