ސަރުކާރުން ސިޔާސީ ވަޒީފާތައް އަލުން ދޭން ފެށީ އެތެރޭގެ އިންތިހާބަށް ނުފޫޒުފޯރުވަން ކަމުގައި އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ލިޔުއްވި މެސެޖަކަށް ދެއްވާފައިވާ ރިޕްލައިއެއްގައެވެ.
ރައީސް ނަޝީދުގެ މެސެޖުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަގާމުން ވަކިކުރާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރއްވާފައިވާއިރު އަލީ އާޒިމް އެ މެސެޖަށް ބާރުދެއްވަމުން ވިދާޅުވެފައިވަނީ ރައީސް އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ވަޒީފާ ދެމުންދާލެއްވެސް މަދެއް ނޫން ކަމަށެވެ. އަދި ދެނީވެސް ސިޔާސީ ވަޒީފާ ކަމަށެވެ.
"އެސްއެމްއީ ލޯން ދޭ އުސޫލުވެސް ބަދަލުވެއްޖެ" އަލީ އާޒިމް ވިދާޅުވެފައިވެއެވެ.
ގައުމީ މަޖިލިސް ތެރެ މިފަދަ ކަމެއްގައި މިރޭ ހޫނުވެފައިވާއިރު މިއަދު ވަޒީރުންގެ ނައިބު ފެންވަރުގައި ދެބޭފުޅަކު އައްޔަންކުރައްވާފައިވެއެވެ. މީގެ އިތުރުން ދެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރ ވަކިކުރަން އުޅޭ ވާހަކަވެސް މިއަދު އަޑުގަދަވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް