ރައީސް ނަޝީދު ރައީސް ސޯލިހަށް: ތިޔަހެން ވަކި ކުރަންޏާ އަޅުގަނޑުވެސް ވަކި ކުރައްވާ !

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރުގަދަ މެސެޖެއް މިއަދު ރައްދު ކުރައ...

27 Feb 2022 | 16:20

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރުގަދަ މެސެޖެއް މިއަދު ރައްދު ކުރައްވައިފިއެވެ.

މި މެސެޖު ރައްދުކުރައްވާފައިވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައެވެ.

އެ ގްރޫޕްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ގާނޫން އަސާސީގެ 115 ވަނަ މާއްދާ ބޭނުންކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ.

"އެމްޑީޕީގެ އެތެރޭގެ އިންިހާބާ ދިމާކޮށް، ޕާޓީން މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ހަމަ އެމޭރުމުން ވިދާޅުވެފައިވަނީ އެހެންކަމަށްވަންޏާ އޭނާވެސް މަގާމުން ވަކި ކުރެއްވުމަށެވެ. އެ ދެންނެވީ މަޖިލީސް ރައީސްކަމުން ވަކި ކުރެއްވުގެ ވާހަަ ކަމުގައި ބެލެވެެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދު ކޯފާވި އެއް މައްސަލައަކީ ރ. ދުވާފަރު ސިއްހީ މަރުކަޒުގައި ހުރި އެމްޑީޕީގެ އިސް އެކްޓިވިސްޓަކު މަގާމުން ވަކި ކުރުމެވެ. ސިއްހީ އެ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ގެ މަގާމުގައި ހުންނެވި އާމިރު މުހައްމަދު މިއަދުގެ ވަގުތެއްގައި ވަނީ އެ ވަޒީފާއިން ވަކިކޮށްފައެވެ.

މީގެ އިތުރުން ދެ ކުންފުންޏެއްގެ އެމްޑީއަކު ބަދަލުކުރަން އުޅޭކަމުގެ އަޑުތަކެއްވެސް މިއަދު ވަނީ ފެތުރިފައެވެ. އޭގެން އެއް އެމްޑީ ނިސްބަތްވަނީ އެމްޑީޕީއަށެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް