މަކުނުދޫ މަރުކަޒަށް ގެންދިޔަ މީހަކު ކޯވިޑްގައި މަރުވި ކަމަށް ނިންމައިފި

ރާއްޖެއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 87 އަހަރުގެ މީހެއް ކަމަށެވެ. އެމީހާ މަރުވޭ ރޭ ފަތިހު 5:40 ގައި އެވެ. އެމީހާ އަކީ ހދ. މަކުނުދޫ ސިއްހީ މަރު...

27 Feb 2022 | 15:57

ރާއްޖެއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 87 އަހަރުގެ މީހެއް ކަމަށެވެ. އެމީހާ މަރުވޭ ރޭ ފަތިހު 5:40 ގައި އެވެ.

އެމީހާ އަކީ ހދ. މަކުނުދޫ ސިއްހީ މަރުކަޒަށް ގެންދިޔަ މީހެއް ކަމަށް ބުނެ އެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 297 ވަނަ މީހާ އެވެ.

މެދުކެނޑުމަކަށް ފަހު ކޯވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ މިދިޔަ މަހު އެވެ. މި މަހުގެ ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން މީހަކު ބަލީގައި މަރުވެ އެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ބަލާއި އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 169،000 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް