ސ. ފޭދޫ ސްކޫލް އަޕްްގްރޭޑް ކުރުމުގެ މަސައްކަތް ކޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެެވެ.
މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި 772,606.97 ރ(ހަތްލައްކަ ހަތްދިހަ ދެ ހާސް ހަ ސަތޭކަ ހަ ރުފިޔާ ނުވަދިހަ ހަތް ލާރި) އަށް ސަތޭކަ ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
މި ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމް އެވެ.
ކޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ސިބްއަތު އަޒީޒް އެވެ.
މިއީ 2021 ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް