ހަނގުރާމައިގަ ޔޫކްރެއިނުން 200އްހާ މީހުން މަރުވެ، ހާހަކަށްވުރެ ގިނަ މީހުން ޒަހަމް ވެއްޖެ

ހަނގުރާމައިގަ ރަޝިއާ ސިފައިންގެ ހަމަލާތަކުގައި މިހާތަނަށް 200 އެއްހާ މީހުން މަރުވެ ހާހަކަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ޔޫކްރެއިންއިން ބުނެފި އެވެ. ރަޝިއާގެ ރައިސް ލަޑިމިއާ ޕުޓިންގެ އަމުރަށް...

27 Feb 2022 | 09:21

ހަނގުރާމައިގަ ރަޝިއާ ސިފައިންގެ ހަމަލާތަކުގައި މިހާތަނަށް 200 އެއްހާ މީހުން މަރުވެ ހާހަކަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ޔޫކްރެއިންއިން ބުނެފި އެވެ.

ރަޝިއާގެ ރައިސް ލަޑިމިއާ ޕުޓިންގެ އަމުރަށް އެ ގައުމުގެ ސިފައިން ޔޫލްރެއިންއަށް އަރަން ފެށީ މިދިޔަ ބުދަ ދުވަހުގެ ރޭ އެވެ. އޭގެ ފަހުން އެއްގަމާއި ވައި އަދި ކަނޑުމަގުން ޔޫކްރެއިންގެ އެކި ސިޓީތަކަށް ރަޝިއާއިން ދަނީ ހަމަލާ ދެމުންނެވެ.

ޔޫކްރެއިންގެ ހެލްތް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އެއްކޮށްްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް 198 އަށް ޔޫކްރެއިން ރައްޔިތުން މަރުވެފައިވާ ކަމަށެވެ. އަދި 1،115 މީހުން ޒަހަމް ވެފައިވާ ކަމަށާއި މަރުވެ ޒަހަމްވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

މި އަދަދުތައް ހާމަކޮށްފައި ވަނީ ސިފައިންނާއި އާންމު ރައްޔިތުންގެ އަދަދު ވަކިންނެތް ނޫންނެވެ. އެކަމަކުބެލެވޭ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ޔޫކްރެއިން ސިފައިންނެވެ.

ރަޝިއާގެ އަމާޒަކީ ޔޫކްރެއިންގެ ވެރިރަށް ކީވް ހިފުމެވެ. އިއްޔެއިން ފެށިގެން އެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ކީވްގެ ތެރެއިން ދެމުންދާ ހަމަލާތައް ވަރުގަދަ ކަމުން ރަޝިއާ ސިފައިންގެ އަމާޒަށް ވާސިލްވުމަށް ހުރަސް އެޅި ލަސްވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް