އެޗްޕީއޭގެ ތެރެއިން ފޭކު ވެކްސިން ކާޑު ވިއްކި މައްސަލަ ފުލުހުން ބަލަން ފަށައިފި

އެޗްޕީއޭގެ ތެރެއިން ފޭކު ވެކްސިން ކާޑުތަކެއް ބޮޑު އަގުގައި ވިއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަަދަ މައްސަލައެއް ހު...

27 Feb 2022 | 08:49

އެޗްޕީއޭގެ ތެރެއިން ފޭކު ވެކްސިން ކާޑުތަކެއް ބޮޑު އަގުގައި ވިއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަަދަ މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފޭކު ވެކްސިން ކާޑު ވިއްކި މައްސަލަ ހުށަހަޅާފައިވަނީ އެޗްޕީއޭގެ އިސް މަގާމެއްގައި ހުންނެވި ފަރާތަކާއި ދެކޮޅަށެވެ.

ނަމަވެސް އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީގެ މީޑިއާ ޑިޕާޓްމެންޓުން މިކަމަށް އެއްވެސް ޖަވާބެއް އަދި ލިބިފައެއް ނުވެއެވެ. އެހެން ނަަމަވެސް މަސްދަރަކުން ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި 3000 ރުފިޔާގެ މަގުން 50 އަށްވުރެ ގިނަ ފޭކު ވެކްސިން ކާޑު ހެދިކަމަށް އެ މައްސަލައިގާ ތުހުމަތުކޮށްފައިވެއެވެ.

މިފަދަ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު މިކަން މިމަގުން ހިނގިކަމަށް މީގެ ކުރިންވެސް ބައެއް މީޑިއާތަކުން ތުހުމަތުކޮށް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް