ބޮޑު ފައިސާގެ އިނާމަކާއެކު "އެންމެ މީރު" ރޯދަ ޕްރޮމޯޝަން މިފްކޯއިން ފަށައިފި

"އެންމެ މީރު" ނަމުގައި މިފްކޯ  ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ. އަންނަ މޭ މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ވަނީ އިނާމެއްގެ ގޮތުން ގިނަ ފައިސާތަކެއް ދިނުމަށް ނިންމާފައެވެ. މި ޕްރޮމ...

27 Feb 2022 | 08:01

"އެންމެ މީރު" ނަމުގައި މިފްކޯ  ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

އަންނަ މޭ މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ވަނީ އިނާމެއްގެ ގޮތުން ގިނަ ފައިސާތަކެއް ދިނުމަށް ނިންމާފައެވެ.

މި ޕްރޮމޯޝަނުގެ ގުރުއަތުން އަށް ހޮވޭ އެއްވަނަ ފަރާތަކަށް ދެނީ 100،000ރ. އެވެ. ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިއަކަށް 5،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެ އެވެ. މިއީ ކޭޝް ކާޑު ގޮތަށް ބޭނުން ކުރެވޭ ކާޑެކެވެ.

މިފްކޯގެ ހަ ފިހާރައެއްގައި ހިންގާ މި ޕްރޮމޯޝަނުގައި އެ ފިހާރަތަކުން 200ރ. އިން މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ބައިވެރިވެވޭނެ އެވެ. މި ފަހަރު ލިބޭ ކޫޕަންތައް އޭގައި ހުންނަ ކިއުއާރު ކޯޑު ސްކޭން ކުރުމަށް ފަހު ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.

މިފްކޯއިން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ބޮޑަތި ޕްރޮމޯޝަން ތަކެއް ހިންގައެވެ. ނަމަވެސް ކުރީ އަހަރު ތަކާ ހިލާފަށް މިފްކޯއިން ނަސީބުވެރި ފަރާތައްދެނީ ފައިސާގެ އިނާމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް