ޔޫކްރެއިންގައި މީހުން މަރައި ބޮން އަޅަމުންދާ ރަޝިއާގެ ސިފައިންގެ މަސައްކަތަށް ޕުޓިން ޝުކުރު އަދާކޮށްފި

ޔޫކްރެއިންއަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިއާ ސިފައިންނަށް އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ޝުކުރު އަދާ ކުރައްވައިފި އެވެ. ދުނިޔޭގެ ގައުމުތަކުގެ އިންޒާރަކަށް ބެލުމެއް ނެތި ރަޝިއާ ސިފައިން ޔޫމްރެ...

27 Feb 2022 | 07:41

ޔޫކްރެއިންއަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިއާ ސިފައިންނަށް އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ޝުކުރު އަދާ ކުރައްވައިފި އެވެ.

ދުނިޔޭގެ ގައުމުތަކުގެ އިންޒާރަކަށް ބެލުމެއް ނެތި ރަޝިއާ ސިފައިން ޔޫމްރެއިން ހަނގުރާމަ ފެށުމަށް ޕުޓިން އަމުރު ކުރެއްވީ މިދިޔަ ބުދަ ދުވަހުގެ ރޭ އެވެ. އެރޭގެ ފަހުން ރަޝިއާ ސިފައިން ދަނީ އެއްގަމާއި ވައި އަދި ކަނޑުމަގުން މެދުކެނޑުމެއް ނެތި ޔޫކްރެއިންއަށް ހަމަލާ ދެމުންނެވެ.

ރަޝިއާގެ ރައީސް ޕުޓިން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ރަޝިއާ ސިފައިން ޔޫކްރެއިންގައި ކުރަމުންދަނީ ބުރަ އަގުވަޒަން ކުރުން ހައްގު މަސައްކަތެއް ކަމަށެވެ. ޕުޓިން ވިދާޅުވީ ސްޕެޝަލް ފޯސަސް އާއި ކޮމާންޑަރުންނާއި ކުރީގެ ސްޕެޝަލް ފޯސަސްގެ ބޭފުޅުން ކުރައްވަމުންދާ ގައުމަށް ވަފާތެރި މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި މަސައްކަތަކީ ޔޫކްރެއިން ރައްޔިތުންނާއި އެ ގައުމުގެ ކުރީގެ ބަތަލުންގެ ހަނދާނުގައި ކޮށްދެވޭ މުހިންމު މަސައްކަތަކަށް ވާނެ ކަމަށެވެ.

ޔޫކްރެއިން އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާތީ ފަހުރުވެރިވާ ކަމަށް ޕުޓިން ވިދާޅުވި އިރު އެ ގައުމުގެ އެތައް ހާސް ބަޔަކު ދަނީ އެ ހަނގުރާމަ އާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރަޝިއާގެ50 ސިޓީއެއްގައި ޔުކްރެއިން ހަނގުރާމަ އާއި ދެކޮޅު ކަން ހާމަ ކުރުމަށް މުޒާހަރާ ކުރަމުންދާއިރު މިހާތަނަށް މުޒާހަރާތަކުން1،800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް