އެމްއެންޑީއެފުން އެމްއައިބީގެ މުވައްޒަފުންނަށް "ވީކެންޑް ވިތް އެމްއެންޑީއެފް" ޕްރޮގްރާމް ހިންގައިފި

ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ...

27 Feb 2022 | 06:35

ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ހިންގައިފިއެވެ.

މި މަހުގެ 26 ވަނަ ދުވަހު ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކްޓިންގ ސީއީއޯ އަލްފާޟިލް އަޙްމަދު ރިޒާއެވެ.

އެމްއައިބީގެ 32 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމްގެ ލެކްޗަރާއިންނާއި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ކްލޯސް ކޮމްބެޓް، ފަންކްޝަނަލް ލީޑަރޝިޕް، ކޮމާންޑް ޓާސްކްސް، ޓައިމް މެނޭޖްމަންޓް، އޮބްސްޓިކަލް ކޯސް، އެބަންޑަންޝިޕް އަދި އެކްސަސައިޒްގެ ބައިތައް ހިމެނެއެވެ.

އެމްއެންޑީއެފުން ވަނީ މީގެ ކުރިން ވެސް ރައްޔިތުން ޙިއްސާވާ ބައެއް ކުންފުނިތަކަށާއި، މިނިވަން މުވައްސަސާ، ސަރުކާރުގެ ބައެއް ވުޒާރާތަކަށް އަމާޒުކޮށްގެން "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ހިންގާފައެވެ.

އެމްއައިބީގެ މުވައްޒަފުންނަށް ހިންގި "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ބައެއް އޮފިސަރުންނާއި އެމްއައިބީގެ އިސް ބޭފުޅުންނާއި ޕްރޮގްރާމްގެ މުދައްރިބުންނާއި ބައިވެރިން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް