ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ޅ. ނައިފަރު/ ޑޭޒީހިޔާ، އަޙްމަދު ވިއާމް (23އ) ފެނިފައިވާކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އަޙްމަދު ވިއާމް ގެއްލިގެން ހޯދަން އިއުލާން ކޮ...

27 Feb 2022 | 06:32

ގެއްލިގެން ހޯދަމުންދިޔަ ޅ. ނައިފަރު/ ޑޭޒީހިޔާ، އަޙްމަދު ވިއާމް (23އ) ފެނިފައިވާކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަޙްމަދު ވިއާމް ގެއްލިގެން ހޯދަން އިއުލާން ކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

ފުލުހުން މިއަދު ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ އަޙްމަދު ވިއާމް ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައި ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

އޭނާ ފެނުނުނަމަވެސް ފެނުނު ތަނެއް ފުލުހުން ހާމަ ކޮށްފައެއްނުވެއެވެ.

ވިއާމް ވީނުވީއެއް ނޭންގި އާއިލާއަށް ގެއްލިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް އެނާ ހޯދުމަށް ފުލުހުން އިއުލާނުކުރީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް