ތިން އިންތިޚާބެއްގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ.
މި ތިން އިންތިހާބަކީ ޅ.ކުރެންދޫ ކައުންސިލް ރައީސްކަމުގެ އިންތިޚާބާއި، ދ.މީދޫ އަދި ފ.ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބެވެ.
މި އިންތިހާބުތަށް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ.
ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބުގައި ވާދަކުރަނީ ދެ ޕާޓީއަކަށް ނިސްބައިވާ ދެ މީހުނެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ރަސީމް އާއި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާއިލް މަދީހެވެ.
ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަމަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.
ފ.ނިލަންދޫ އަދި ދ.މީދޫ އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައްވެސް ވަނީ ތަރުތީބުކޮށްފައެވެ. އެގޮތުން ނިލަންދޫ އަންހެނުންގެ ކޮމެޓީގެ ގޮޑިއަށް 5 ކެނޑިޑޭޓަކުވަނީ ވާދަކޮށްފައެވެ. އެއީ އަމިއްލަ ގޮތުން 3 ކެނޑިޑޭޓުންނާއި، އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީގެ ކެނޑިޑޭޓެކެވެ.
ނިލަންދޫ އަންހެނުންގެ ކޮމިޓީއަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެވިފައިވަނީ:
1. މުނީރާ އިބްރާހީމް ޠާހިރާ އިސްމާޢީލް/ އަމިއްލް ގޮތުން
2. ޚަދީޖާ ޢަލީ، / އެމްއެންޕީ
3. ޠާހިރާ އިސްމާޢީލް، / އަމިއްލަގޮތުން
4. ރަނިއްޔާ ނަޞީރު / ޕީޕީއެމް
5. އާމިނަތު ޢަލީ، / އަމިއްލަގޮތުން
ދ.މީދޫ އިންތިޚާބުގައި ވާދަކުރަނީ 4 ކެނޑިޑޭޓުންނެވެ. މިއިންތިޚާބުގައި ވއެމްޑީޕީއާއި، އެމްއެންޕީއާއި، އެމްޑީއޭގެ އިތުރުން އަމިއްލަ ގޮތުން ކެނޑިޑޭޓަކު ވާދަކުރެއެވެ.
މި އިންތިހާބުގައި ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރެވިފައިވާގޮތް:
1. އާމިނަތު ފަޒްނާ، / އެމްޑީޕީ
2. ޝުޢުލާ ވަޙީދު / އެމްއެންޕީ
3. ހުދުނާ ޢަބްދުލްޢަޒީޒު / އެމްޑީއޭ
4. ޢާއިޝަތު ސަމާ / އަމިއްލަގޮތުން
މި އިންތިހާބުތަކުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުންވަނީ އިއުލާން ކޮށްފައެވެ. އޮބްޒާވަރުންނަށް ވުމަށް އެންމެ ފަހު ފުރުސަތު ހަމަވަނީ އަންނަ މަހުގެ ތިން ވަނަދުވަހު 00؛15 ގައެވެ.
މި ތިން ރަށުގެ އިންތިހާބުގެ ބައި އިލެކްޝަން ބާއްވަން ނިންމަވާފައިވާއިރު ދާދިފަހުން ވަނީ ށ. ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި- އިލެކްޝަންގެ އިންތިހާބު ނިންމާލާފައެވެ. މި އިންތިހާބުގައި ކުރި ހޯދާފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މެމްބަރު ރާޝީދުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް