ކުރެންދޫ، ނިލަންދޫ، މީދޫ ބައި އިލެކްޝަންގެ މޮނީޓަރުންނާ އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފި

ޅ. ކުރެންދޫ، ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ މޮނީޓަރުންނާ އޮބްޒާވަރުންނަށ...

27 Feb 2022 | 05:18

ޅ. ކުރެންދޫ، ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ މޮނީޓަރުންނާ އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރި އިއުލާނެއްގައި ބުނީ މި ފެށޭ މާރިޗު 26 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިއްޔެ އިން ފެށިގެން އެ ފުރުސަތު ހުޅުލާފައިވާ ކަމަށެވެ.

މި މަސައްކަތަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ފެށޭ މާރިޗު ތިނެއް ވާ ބުރާސްފަތި ދުވަހުގެ 15:00 އާ ހަމައަށް ކަމަށް އީސީ އިން ބުނެއެވެ.

އީސީން ބުނީ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތައް ވާންވާނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށް ކަމަށެވެ.  ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި އެކު ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން އީސީގެ ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ މަސައްކަތެއް އީސީގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން ހިމެނެއެވެ.

އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލާން އެދޭއިރު، އޮބްޒާވަރަކަށްވުމަށް އެދޭ ފޯމާއި، އޮބްޒާވަރަކަށްވުމަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި އޮބްޒާވަރަކަށްވުމަށް އެދޭ ފަރާތުގެ އޮބްޒާވަރުންގެ އިޤުރާރާއި ފޮޓޯ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެއެވެ.

އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 ފެބުރުވަރީ 26 ވާ ހޮނިހިރު ދުވަހުގެ 15:00 ން ފެށިގެން،2022 މާރިޗު ތިނެއް ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ. އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ އީސީގެ [email protected] އީމެއިލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް