ޅ. ހިންނަވަރުގައި ފުލުހަކު މަސްތުގެ ހާލަތުގައި ސައިކަލުގައި މަގުމައްޗަށް ވެއްޓިފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
މި ވީޑިއޯގައި ފެންނަނީ ދެމީހަކު ސައިކަލަކުން ވެއްޓި ހަބަރު ހުސްވެފައިތިބޭ މަންޒަރެވެ. ބަޔަކު ގޮސް ވީޑިއޯކޮށް ހެދިއިރުވެސް އެ ދެމީހުންކުރެ އެކަކަށްވެސް ހިލަމެއް ނުވެއެވެ.
މި މައްސަލަ މިހާރު ފުލުހުން ބަލަން ފަށާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޅ. އަތޮޅުގައި މަސައްކަތްކުރާ ފުލުހެއްގެ މަސްތުވާތަކެތީގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް