މާލެއަށް ވެލައެއް އަރައިފި

މާލޭ އިރު ދެކުނު ފަރާތުން ސިނަމާލެ ބުރިޖު ކައިރިއަށް ވެލައެއް އަރައިފިއެވެ. މި ވެލާ އަރާފައިވަނީ ސިނަމާލެ ބުރިޖު ފެށޭ ކޮޅުގެ ދެކުނު ފަރާތުން ހެދިފައިވާ ވެލިގަނޑުމައްޗަށެވެ. ގުރީން ޓާޓަލް އާއިލާގެ މި ވ...

27 Feb 2022 | 03:53

މާލޭ އިރު ދެކުނު ފަރާތުން ސިނަމާލެ ބުރިޖު ކައިރިއަށް ވެލައެއް އަރައިފިއެވެ.

މި ވެލާ އަރާފައިވަނީ ސިނަމާލެ ބުރިޖު ފެށޭ ކޮޅުގެ ދެކުނު ފަރާތުން ހެދިފައިވާ ވެލިގަނޑުމައްޗަށެވެ.

ގުރީން ޓާޓަލް އާއިލާގެ މި ވެލާ އަރާފައިވަނީ ދަންވަރުއެވެ. މި ވެލާ ފަތިވިސްވެ އަލިވި އިރުވެސް އޮތީ އެ ވެލިގަނޑު މަތީގައެވެ.

އެންމެ ފުރަތަމަ މިމަންޒަރު ފެނިފައި ވަނީ، އެސަރަހައްދަށް ފަތިހު ދުވަންދާ މީހުންނަށެވެ. ސިނަމާލެ  ބުރިޖުކައިރިއަށް ވެލާ އަރާފައި އޮއްވައި ފެންނަ މަންޒަރުގެ ވީޑިއޯއެއް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްމަބަރު މުހައްމަދު ޢަބުދުﷲ ޝަފީޤު ވަނީ ޓުވިޓާގައި ހިއްސާކޮށްފައެވެ.

https://twitter.com/mashafeeg/status/1497738115611774978?cxt=HHwWhMDSua-4hMkpAAAA

މާލެ އަކީ މީގެ ކުރިން ވެލާ ކަހަނބު އަރާ އުޅުނު ރަށެއްނަމަވެސް މާލެ ވަށާ ބޮޑު ތޮށި ލުމާއި ގުޅިގެން ވެލާ ކަހަނބު އެރުން ވަނީ އެއްކޮށް ހުއްޓިފައެވެ. މިއަދު ފެނުނު ވެލައަކީ ފަހުގެ ތާރީހެއްގައި މާލެއަށް އެރި ފުރަތަމަ ވެލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް