އުމަރު ނަސީރަށް ކެމްޕެއިން ކޮށްދޭނެ ވޮލެންޓިއަރުން ހޯދަނީ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކެމްޕެއިން ކޮށްދޭނެ ވޮލެންޓިއަރުން ހޯދަން ފަށައިފި އެވެ. އެފުރުސަތު ހުޅުވ...

27 Feb 2017 | 07:26

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކެމްޕެއިން ކޮށްދޭނެ ވޮލެންޓިއަރުން ހޯދަން ފަށައިފި އެވެ.

އެފުރުސަތު ހުޅުވާލާފައިވަނީ އުމަރުގެ ކެމްޕެއިން ޓީމުން ބަހަމުންދާ ލީފްލެޓުތަކެއްގައި އެވެ. އޭގައި ބުނެފައިވަނީ ރާއްޖޭގައި ތެދުވެރި ވެރިކަމެއް ގާއިމް ކުރުމަށް ބޭނުން ނަމަ އެ ޓީމާއި ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުހަބާ ކިޔާ ކަމަށެވެ.

އިތުރަށް ބުނެފައިވަނީ ހުރިހާ ރައްޔިތުންވެސް އެދި ގޮވަނީ ތެދުވެރި ވެރިކަމެއް ރާއްޖޭގައި އޮތުމަށް ކަމަށެވެ. އެހެން ނޫންނަމަ ގައުމު ދާނީ ކުރިން ދިޔަ މަގުން ކަމަށެވެ.

އުމަރު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާ ރަސްމީކޮށް ސޯޝަލް މީޑިއާގައި ކެމްޕެއިންވެސް ފަށާފައި އެވެ. އެގޮތުން ފުރަތަމަ ޕޯސްޓަރުވެސް ވަނީ އާންމު ކުރައްވާފައި އެވެ.

އުމަރު ކުރިން ވިދާޅުވެފައިވަނީ އިންތިހާބުގައި ވާދަ ކުރައްވާނީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު ފަހުން ވިދާޅުވީ ވަރުގަދަ ޓީމަކާއި އެކު ނުކުންނަވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް