ގިނަ އަންހެންކުދިންތަކެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ބޮލީވުޑްގެ ތަރި ވަރުން ދަވަން އޭނާގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ އާއެކު މިދުވަސްވަރު ފެންނަލެއް އަންނަނީ ގިނަވަމުންނެވެ.
ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުން އޮންނަކަމަށް މީޑިޔާގައި ވާހަކަ ދެކެވޭތާ ދުވަސްތަކެއްވަނީ ވެފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ވަރުން ސީދާ ޖަވާބެއް ނުދެއެވެ. ދާދި ފަހުން ވަރުންވަނީ ނަތާޝާއާއެކު ޝާހިދު ކަޕޫރުގެ އުފަންދުވަހުގެ ޕާޓީއަށް ގޮސްފައެވެ. ޕާޓީއަށް ދެމީހުން އަތުގުޅާލައިގެން ވަންތަން މީޑިޔާއަށްވެސް ވަނީ ފެނިފައެވެ. އަދި އެމަންޒަރުވަނީ ކެމެރާތަކަށް ރިކޯޑުވެސް ކުރެވިފައެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ވަރުން ބުނެފައިވަނީ ނަތާޝާއާއެކު އޮތް ގުޅުން ވަރަށް ރަނގަޅުކަމުގައެވެ. އަދި ނަތާޝާ އޭނާއާއެކު ހުރުމުން އެކަމާ އުފާކުރާކަމަށް ވަރުންވަނީ ބުނެފައެވެ. މިއާއެކު ވަރުން އާއި ނަތާޝާގެ ކައިވެނި މިއަހަރުތެރޭ ކުރެވިގެންދާނެކަމުގެ އަޑުތައް ވަނީ ގަދަވެގެންގޮސްފައެވެ. އެހެންނަމަވެސް ވަރުން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.
" އެންމެންވެސް ގެ ގަންނާނެ. ގެގަތުމާއި ކައިވެންޏާ ކޮންމެހެން ގުޅުން އޮންނާކަށް ނުޖެހޭ. މީގެ 3 އަހަރު ކުރިންވެސް އަހަރެން ބުނި ހެން މިއަދުވެސް ބުނަން އޮތީ. މިހާރުވެސް މީގެކުރިން އަހަރެން ދީފައިވާ އިންޓަރވިއުތައް ބަލާ. އަހަރެން ކައިވެންޏެއް ކުރަން ގަސްތުކުރާ ހިސާބުން އެވާހަކަ އަހަރެން މުޅި ދުނިޔެއަށް ޢިއުލާންކުރާނަން. ކައިވެންޏެއް ކުރާކަށް އަދި ނުވިސްނަން. " ވަރުން ބުނެފައިވެއެވެ.
ވަރުން އާއި ނަތާޝާގެ ކައިވެނި މިއަހަރުތެރޭ ފެނިގެން ނުދިޔަނަމަވެސް ކުރިޔަށް އޮތް ތާންގައި މިދެމީހުންގެ ކައިވެނި ފެނިގެންދާނެކަމަށް ބެލެވެއެވެ. ދެމީހުންގެ ގުޅުން ރަނގަޅުކަމަށް މީޑިޔާގައި ވަރުން ވާހަކަދައްކާފައި ވުމަކީ މިދެމީހުންގެ ކައިވެނި ކައިރި ހިސާބެއްގައި ކުރެވިގެންދާނެކަމުގެ ފެހި ސިގްނަލެއް ނޫންބާއެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް