ދުނިޔޭގައި މިވަގުތު ހުރި އެންމެ ބަރު އަންހެން މީހާގެ ސާޖަރީ ހެދުމަށް މިވަގުތު ހުރީ އިންޑިޔާގައިކަން ގިނަ ބަޔަކުވާނީ އަޑުއަހާފައެވެ.
އޭނާގެ ގައިގައި 500 ކިލޯ ހުންނައިރު މިސްރަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ މި އަންހެންމީހާއަކީ އީމާން އަހުމަދު އަބްދުއްލަތީއެވެ. އީމާން އިންޑިޔާގެ ނޫސްތަކުން ޖާގަހޯދީ އިންޑިޔާއަށް އޭނާގެ ސާޖަރީ ހަދަން އައި ހިސާބުންނެވެ.
އެހެންނަމަވެސް އޭގެފަހުންވެސް އޭނާގެ ހަބަރުތައް އިންޑިޔާގެ މީޑިޔާގައި މަދެއް ނުވެއެވެ. އެއީ އޭނާއާ ބޮލީވުޑްގެ ތަރިންނާ ދެމެދު އޮތް ގުޅުމެއްގެ ސަބަބުންނެވެ. ބޮލީވުޑްގެ ތަރިން ދެކެ އީމާން ވާ ލޯތްބެއްގެ ސަބަބުންނެވެ. މުމްބާއީގެ ހޮސްޕިޓަލެއްގައި އީމާން އެޑްމިޓްކޮށްފައިވާއިރު އީމާން ވަނީ ހޮސްޕިޓަލުގެ އޮފިޝަލުން ގާތު އޭނާ ސަލްމާން އާ ބައްދަލުކުރަން ބޭނުންވާކަމަށް ބުނެފައެވެ. އޭގެ ޖަވާބަކަށް ސަލްމާންގެ ޓީމުން ވަނީ ސަލްމާން އާއި އީމާން ބައްދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދަން ފަށާފައެވެ.
މިހާރު މިއިވެން ފެށީ އެހެން ވާހަކައެކެވެ.
ބޮލީވުޑްގައި މިވަގުތު ތިބި ތަރިންގެ ތެރެއިން ރިތިކް ރޯޝަން ވެގެންދާނީ އެންމެ ރީއްޗަށް ނަށާއެކަކަށްކަން އެއީ ގިނަބަޔަކު ދެބަސްނުވާނެ ޙަޤީޤަތެއްކަން ޔަޤީނެވެ. އީމާން ރަނގަޅުވެ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ދުވަހަކުން ރިތިކް އާއެކު ޑާންސްކުރަންބޭނުންވާކަމަށް އީމާން ބުނުމާއެކު ރިތިކް މިވަނީ އެކަމަށް ތައްޔާރަށްހުރިކަމަށް ބުނެފައެވެ. ރިތިކް ބުނެފައިވަނީ އީމާން އާއެކު ޑާންސްކުރަން އޭނާ ބޭނުންވާކަމަށާއި އިންޑިޔާއަށް ދެވުނުހާ އަވަހަކަށް އީމާން އާ ބައްދަލުކުރަން ބޭނުންވާކަމަށެވެ.
މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އީމާންގެ ސާޖަރީއަށް ރިތިކްގެ މަންމަ ވަނީ 10 ލައްކަ ރުޕީސް ދީފައެވެ. އަދި ދާދިފަހުން ރިތިކް ގެ ދައްތަ ވަނީ އީމާން ގާތަށް ހޮސްޕިޓަލަށް ޒިޔާރަތްވެސްކޮށްފައެވެ.
އީމާންގެ ބަރުދަނުގެ ސަބަބުން ފާއިތުވި 25 އަހަރު އޭނާ އުޅެފައިވަނީ އެނދުން ނުތެދުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް