ގެއްލިގެން ހޯދަމުން ދިޔަ ބްލޫފިޝް ދޯނީގެ ހަބަރެއް ވެއްޖެ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ ބްލޫފިޝް ދޯނީގެ ހަބަރެއް ވެފައިވާކަމަށާއި މިހާރު އެ ދޯނި ދަތުރުކުރަމުން އަންނަނީ މާލެއާއި ދިމާއަށް ކަމުގައި އެމްއެންޑީއެފުން ދާދި ދެންމެއަކު ހާމަކޮށްފި އެވެ. މިރޭ 2:15 ހާއިރު ...

26 Feb 2017 | 21:20

ގެއްލިގެން ހޯދަމުން ދިޔަ ބްލޫފިޝް ދޯނީގެ ހަބަރެއް ވެފައިވާކަމަށާއި މިހާރު އެ ދޯނި ދަތުރުކުރަމުން އަންނަނީ މާލެއާއި ދިމާއަށް ކަމުގައި އެމްއެންޑީއެފުން ދާދި ދެންމެއަކު ހާމަކޮށްފި އެވެ.

މިރޭ 2:15 ހާއިރު ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑީއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިރޭ 1:40 ހާއިރު، ބްލޫފިޝް ދޯނީގެ ހަބަރެއް ވެފައިވާކަމަށެވެ. އަދި އެ ދޯނި އުޅުނީ މަސްވެރިކަމުގައި ކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި އެ ދޯނި މިހާރު މާލެއާއި ދިމާއަށް ދަތުރުކުރަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަމުގައިވެސް އާޒިމް ވިދާޅުވި އެވެ.

އެ ދޯނީގެ ހަބަރެއް ނުވެގެން ހޯދަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް